ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހްމަދު އަވަހާރަވެއްޖެ އެވެ.
ޝައިހް ފަރީދު މީގެ އިރުކޮޅެއް ކުރިން އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެންތާ މާގިނައިރުތަކެއް ނުވަނީސް އެއާޕޯޓްގައި ހުންނަވަނިކޮށް ކަމަށް އެނގިފައިވެ އެވެ.
ޝައިހް މެލޭޝިއާއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އެނގިފައިވެ އެވެ.
އެއާޕޯޓުން ޝައިހް ފަރީދަށް އަވަސް ފަރުވާ ދިން ނަމަވެސް އިރުކޮޅެއް ތެރޭ އަވަހާރަވި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް ފަރީދަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
އިސްލާހީ މަސައްކަތްތަކާއި ދީނަށް ނަސްރު ދިނުމަށް ކުރެއްވި ބައެއް މަސައްކަތްތަކާ ގުޅިގެން ޖަލުގައިވެސް ޝައިހް ވަނީ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ.