ތިމާވެށި

އިހްތިސާސުން ބޭރުގައި އުޅޭ ދިރޭތަކެއްޗާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ އިހުތިސާސުން ބޭރުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކާ ބެހޭ އދގެ އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

ރާއްޖެއިން ސޮއި ކުރި މި އެއްބަސްވުމަކީ ޖޫން 19، 2023ގައި އެކުލަވާލި އެއްބަސްވުމެކެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ ކަމުގެ ހެއްކެއް ކަމަށެވެ.

މިއެއްބަސްވުމުގައި ސޮއި ކުރުމަށް މި އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެއްބަސްވުމަށް އަމަލުކުރާނީ ސޮއި ކުރާ ތާރީހުން ފެށިގެން 120 ދުވަސް ފަހުންނެވެ.