އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިއަދު ދިވެހި ގައުމީ ފުޓްބޯޅަ ޓީމް، ޓިމޯ ލެސްޓޭއާ އެކު ކުޅުނު މެޗުގައި 1-0 އިން ބަލިވުމާ އެކު، ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން މަގާމުން އިސްތިއުފާ ދީފި އެވެ.
ގައުމީ ޓީމު ކުޅޭ މެޗުތަކުގެ ދަށް ނަތީޖާތައް ގަބޫލުނުކުރެވޭތީ، ސުޒާން ވަނީ އެކަމާ ގުޅިގެން ފުޓްބޯޅަ އާއިލާގެ ކިބައިން މައާފަށްވެސް އެދިފަ އެވެ.
"މިއަދު ގައުމީ ޓީމް، ޓިމޯ ލެސްޓޭއާ ކުޅުނު މެޗްގެ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއް ކަމަށް ގަބޫލުކުރަން. އެކަމަަށްޓަކައި ދިވެހި ފުޓްބޯޅަ އާއިލާ ކިބައިން އަޅުގަނޑު މައާފަށް އެދެން،" ސުޒާން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
އަލީ ސުޒާން 2019 އިން ފެށިގެން ފުރަތަމަ މަސައްކަތް ކުރަމުން އައީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އަދި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވަގުތީ ކޯޗުގެ ދައުރު އަދާކުރުމަށްފަހު، 2023ގެ އޮކްޓޯބަރުގައި ހެޑް ކޯޗުގެ މަގާމާ ހަވާލުވި އެވެ.