މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ 8:54 ހާއިރު އެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެ މީހާގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އައްޑޫ ސިޓީއަށް ގެންގޮސްފަ އެވެ.

މި މަރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.