ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރަން ނިންމައިފި އެވެ.
ޝައިހް ފަރީދު އަވަހާރަވީ މިމަހުގެ ނުވަ ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް އެއާޕޯޓްގައި ހުންނަވަނިކޮށެވެ.
ޝައިޚް ފަރީދު އަވަހާރަވުމުން، ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ހިދުމަތް ޖަމިއްޔާއިން ނިންމި އެވެ. އަދި އެ މިސްކިތް އިމާރާތް ކުރުމަށް ބޭނުންވި 760،000 ރުފިޔާވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަމަވި އެވެ.
އެ ޖަމިއްޔާ އިން ބުނީ ޕާޓްނާ އެންޖީއޯތަކުންނާއި ދިވެހިންގެ ގިނަ ބަޔަކު އަދިވެސް މިކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ޝައިހްގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހޭދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ހިދުމަތް ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ޝައިޚް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ވަނީ ނިންމާފަ އެވެ.