މޯލްޑިވްސް ޕޮލިސް ސާވިސް

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި އަންހެނަކު ހޯދަނީ

ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ފުލުހުން ހޯދަމުންދަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ.

ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް އާއިޝަތު މަލީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ތަހުގީގުގައި ސުވާލުކުރުމަށް ޢާއިޝަތު މަލީހާ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވުމަށް އަންގާފަ އެވެ.