ދިރާގު

ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔަސް - ޕަވަޑް ބައި ދިރާގު، މިއަދު ފަށަނީ

ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް އަދި ފީބާ އަންޑަ16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް - ޕަވަޑް ބައި ދިރާގު މިއަދު ފަށާނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރު އެތެރެ ކޯޓުގަ އެވެ. މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ސައުތު އޭޝިއާގެ ހަތަރު ގައުމު ވާދަކުރާނެ އެވެ.

އެއީ، އިންޑިއާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ.

މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ތާރީހީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހޯދައިފައިވާ ފަހުރުވެރި ކާމިޔާބީއެކެވެ. އަދި މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި މުބާރާތުގައި، ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު ހަވީރު 5:30 ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8:00 ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ސްރިލަންކާއާ ދެކޮޅަށެވެ.

ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މި ގޮތުން، ގައުމީ ފެންވަރުގައި ވެސް މި ކުޅިވަރު ކުރިއެރުމަށް ދިރާގުން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.