ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާނަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި އިރާނުން އެމެރިކާއާ އެކު ޑިޕްލޮމެޓިކް ޑީލެއް ހެދުމަށް ގޮވާލައްވައިފި އެވެ.

އިރާނުގެ ހުރިހާ އެއްޗެއް ނައްތާލުމުގެ ހިތްވަރު އެމެރިކާގެ އަސްކަރިއްޔާގައި އެބަހުރި ކަމަށް ޓްރަމްޕްގެ އިންޒާރު ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އިރާނަށް އަދިވެސް ވަގުތު ފާއިތުނުވާ ކަމަށާއި، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއްވެސް ޑިޕްލޮމެޓިކް ހައްލެއް ނުލިބިއްޖެނަމަ، ހަމަލާތައް މިހާރަށް ވުރެވެސް އަނިޔާވެރި ވެދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވެވި އެވެ.

"އެމީހުންނަށް [އިރާނަށް] އަންގާފައިވާނީ ކަންކަން ގޯސްވެދާނެ ކަމަށް. އެއީ އެނގޭނެ ދުނިޔޭގެ އެންމެ ވަރުގަދަ ހަތިޔާރު އުފައްދާ ގައުމަކީ އެމެރިކާކަން. އިސްރާއީލް އަތުގައި އޭގެ ގިނަ ހަތިޔާރު އެބަހުރި. ކުރިއަށް އޮތްތާ ވަރުގަދަ ހަމަލާތައް އައިސްދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އިރާންގެ ނިއުކުލިއާ ޕްރޮގްރާމު ހުއްޓާލުމަށް އެމެރިކާ އިން ދަނީ އިރާނަށް ބިރު ދައްކަމުންނެވެ.

އިޒުރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ "ޓައިމްސް އޮފް އިޒުރޭލް" އިން ބުނީ އިރާނަށް ހަމަލާދީފައިވަނީ އެ ގައުމުގައި ގާއިމުކުރި ޑްރޯން މަރުކަޒެއް ބޭނުން ކޮށްގެން ކަމަށެވެ. އެ މަރުކަޒަކީ އިޒުރޭލުން ވަގަށް އިރާނުގައި އުފައްދައި، އެތެރެއިން ސައިބަ އެޓޭކް އަދި އެނޫން ހަމަލާތައް ހިންގުމަށް ބޭނުންކުރާ ނުވަތަ ކޮމްޔުނިކޭޝަން ސިސްޓަމެއް ކަމަށް ބުނެވެ އެވެ.