ހައްޖުގެ އަޅުކަން

ހައްޖަށް ދިޔަ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ފުރަތަމަ ގްރޫޕް މިއަދު ރާއްޖެއަށް އެނބުރި އަތުވެއްޖެ އެވެ.

ހައްޖާޖީންގެ ދެވަނަ ގްރޫޕު މާދަމާ އަދި ތިން ވަނަ ގްރޫޕް މި މަހުގެ 16 ގައި ރާއްޖެ އައުމަށްފަހު، ފަހު ގްރޫޕް މާލެ އަންނާނީ މި މަހުގެ 17 ގައެވެ.

ރާއްޖެއަށް މިއަހަރު ރަސްމީ ކޯޓާގެ ގޮތުގައި ލިބުނީ 1،000 މީހުންގެ ކޯޓާ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެއްވެސް މީހަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމާނުވެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ހައްޖަށް މިއަހަރު ދިޔަ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ އެވެ.