އައްޑޫ ސިޓީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތްލެބް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތްލެބްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ އެދުމުގެ މަތިން ކެތްލެބް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކުރީ ފިނޭންސް މިނިސްޓްރީންނެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކެތްލެބްގެ ހިދުމަތް ފަސް އަހަރުގެ މުއްދަތަށް މެނޭޖް އަދި އޮޕަރޭޓްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މި ކަމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ.