ދިރާގު

ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ

ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށާނެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ދި މެރީނާގައި ކުރިއަށްދާ މި މުބާރާތަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީން ރިސޯޓުތަކަށް ހާއްސަކޮށް އިންތިޒާމްކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ރިސޯޓުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތައް

ގްރޫޕް އޭ

  • ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް
  • އެސްއޯ/ މޯލްޑިވްސް
  • ސަން ސިޔާމް އޮޅުވެލި
  • ވެލައްސަރު މޯލްޑިވްސް
  • އެނބޫދޫ ވިލެޖް

ގްރޫޕް ބީ

  • ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް
  • އޮޒެން ލައިފް މާދޫ
  • ސައި ލެގޫން މޯލްޑިވްސް
  • ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.