ކުލަބް ވޯލްޑް ކަޕް

ކްލަބް ވޯލްޑް ކަޕްގައި ބަޔާންއަަށް ތާރީހީ މޮޅެއް

އެމެރިކާގެ ސިންސިނާޓީ ސިޓީގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގެ ފުރަތަމަ ރައުންޑްގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ތާރީހީ މޮޅެއް ހޯދައިފި އެވެ.

އޯކްލޭންޑް ސިޓީ އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބަޔާން މިއުނިކް ވަނީ 10-0ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

މި ނަތީޖާއަކީ ފީފާ ކްލަބް ވޯލްޑް ކަޕުގެ ތާރީހުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތް މެޗެވެ.

ކުރިން އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 2022 އަހަރު އަލް ހިލާލް އިން އަލް ޖަޒީރާ އަތުން 6-1ގެ ނަތީޖާއަކުން މޮޅުވި މެޗެވެ.

ފުރަތަމަ ހާފަށް ބަލާއިރު ގޯލްތައް ޖަހާފައިވާ ވަނީ ކިންގްސްލޭ ކޯމަން އަދި މައިކަލް އޮލިސޭ 2 ގޯލު، ތޯމަސް މުލާ އަދި ސަޗާ ބޮއޭ ކޮންމެ މީހަކު އެއް ގޯލެވެ. ފުރަތަމަ ހާފުގައި ބަޔާން އިން 6-0 ގެ ލީޑެއް ނަގާފައިވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާންގެ ޖަމާލް މުސިއާލާ ހެޓްރިކެއް ހެދިިއިރު މުލާ ވަނީ އިތުރު ގޯލެއް ޖަހައިދީ 10-0 އަށް ބަޔާންގެ ލީޑު ފުޅާކޮށްދީފަ އެވެ.

މުލާ މި މެޗުގައި ޖެހި ދެ ލަނޑާއެކު ބަޔާން މިއުނިކަށް އޭނާ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ. އަދި މި މުބާރާތަކީ މުލާ ބަޔާން މިއުނިކަށް ކުޅޭނެ އެންމެ ފަހު މުބާރާތެވެ. އެއަށްފަހު އޭނާ ބަޔާން ދޫކޮށްލާނެ އެވެ.