ބެންޖަމިން ނަތަންޔާހޫ

ހަނގުރާމައިގައި އެމެރިކާ ބައިވެރިނުވާތީ ނަތަންޔާހޫ ރުޅިގަދަވެއްޖެ

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރުޅިގަނޑު ފަޅައިގެންގޮސް އެންމެފަހުން އެމެރިކާއާ ދެކޮޅަށް ހަރުކަށި ބަހުރުވައަކުން ވާހަކަދައްކަވައިފި އެވެ.

އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ އެމެރިކާ ހަނގުރާމައިގައި ބައިވެރިނުވުމުން އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

"އެމެރިކާ ފަސްޓް އަޅުގަނޑަށް އެނގޭ. އެކަމަކު އެމެރިކާ ޑެޑް އަޅުގަނޑަކަށް ނޭނގޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.

"މިއަދު އެއީ ތެލްއަވީވް. މާދަމާ އެއީ ނިއުޔޯކް،"

މި ބަސްތަކުން ދޭހަވަނީ އިޒުރޭލުގެ ބޮޑުވަޒީރު އެމެރިކާ، ހަނގުރާމައިގައި ބައިވެރިވުމަށް ބާރުއަޅުއްވާ ކަމެވެ. އަދި އެމެރިކާ، ހަނގުރާމައިގައި ބައިވެރިނުވެއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު އެމެރިކާއަށްވެސް ކުރާނެކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ނަމަވެސް ބައެއް މުރާސިލުން ދެކޭ ގޮތުގައި ނަތަންޔާހޫގެ މި ބަސްތަކުން ދޭހަވަނީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބި އިޒުރޭލު ދަތި ހާލެއްގައި ޖެހިފައިވާ ކަމެވެ.

އެމެރިކާއިން މިހާތަނަށް ވަނީ އިޒުރޭލު އިރާން ހަނގުރާމައިގައި ސީދާގޮތުން ބައިވެރިވުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް އިޒުރޭލަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.