ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޚަތީބުންގެ ކޯހުން ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލައިފި

ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލަރުންނަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޚަތީބުން ތަމްރީން ކުރުމުގެ މި ޕްރޮގްރާމްގައި 50 ކައުންސިލަރުންނަށް ފުރުސަތު ދޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން 15 ހަފްތާގެ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފިރިހެން ކައުންސިލަރުންނަށެވެ.

ކޯހަށް ހޮވުމުގައި ގުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ފަރިތަ ކަމަށް ބަލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.