ހައްޖުގެ އަޅުކަން

ދިވެހި ހުރިހާ ހައްޖުވެރިން އަތުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ފަހު ގްރޫޕް މިއަދު ރާއްޖެއަށް އެނބުރި އަތުވެއްޖެ އެވެ.

ރާއްޖެއަށް މިއަހަރު ރަސްމީ ކޯޓާގެ ގޮތުގައި ލިބުނީ 1،000 މީހުންގެ ކޯޓާ އެވެ.

ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެއްވެސް މީހަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމާނުވެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ހައްޖަށް މިއަހަރު ދިޔަ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ އެވެ.