ރަޖިބް ތައްޔިބު އެރުދުޣާން

ނަތަންޔާހޫ އަކީ މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކާ: އުރުދުޣާން

މެދުއިރުމައްްޗަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިހެން ވިދާލުވެފައިވަނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ފޯނުން ވާހަކަދެއްކެވުމަށްފަހު ދެއްވި ބަޔާނެއް ގައެވެ.

އުރުދުޣާން، ނަތަންޔާހޫއަށް ފާޑުވިދާޅުވެފައި މިވަނީ މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެ އިޒުރޭލާއި އީރާނާއި ދެމެދުގައި ހަނގުރާމައެއް ފަށައި ހަމަލާތައް ހޫނުވެފައި ވަނިކޮށެވެ.

އުރުދުޣާން ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާއި، ނަތަންޔާހޫ އަކީ މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭ ފަރާތް ކަމަށެވެ.

މީގެ ކުރިން ވެސް އުރުދުޣާން، ނަތަންޔާހޫގެ އަމަލުތައް ކުށްވެރިކޮށް، އޭނާ އަކީ ކުށްވެރިއެއް ކަމަށް ވިދާޅުފައިވެ ވެއެވެ.

ފަލަސްތީނާއި ދެކޮޅަށް އިޒުރޭލުން ހިންގަމުން ގެންދާ އުދުވާންތަކާ ގުޅިގެން އުރުދުޣާން ވިދާޅުވީ އިޒްރޭލުގެ މި ހުރިހާ އަނިޔާވެރި އަމަލުތަކުގެ ޒިންމާ ފުރިހަމައަށް ނަތަންޔާހޫ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫ އަކީ ތާރީހުގައިވެސް ނުދެކޭ ފަދަ އަނިޔާވެރި ރަހުމުކުޑަ ނުރައްކާތެރި ކުށްވެރިއެއް ކަމަށެވެ.

އިޒުރޭލުން އިސްވެ މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހަނގުރާމަ އިތުރަށް ފުޅާވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއާ ދުނިޔޭގެ އެހެން ބޮޑެތި ބާރުތައް ވަނުމުގެ ފުރުސަތު މިހާރު އޮތުމެވެ.