މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި އެވެ.
މި ގޮތަށް ފާސްކުރީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވިއިރު މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.5 ޕަސެންޓްގެ ވޯޓުންނެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.
އާމްދަނީގެ ތެރެއިން 79.8 ޕަސެންޓަކީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން އާމްދަނީ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބުނެވެ.