އިޒްރޭލް

އިޒުރޭލުގެ ދިފާއީ ނިޒާމަށް ބޭނުންވާ މިސައިލްތައް ހުސްވަނީ

އިޒުރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކަށް ގުޅިގެން އިޒުރޭލުގެ މިސައިލް ދިފާއީ ނިޒާމުގެ ގާބިލްކަން ދަށްވަމުންދާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒުރޭލަށް އަމާޒުކޮށް އިރާނުން ފޮނުވާ ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގެ ގާބިލްކަން އިތުރު 10 ނުވަތަ 12 ދުވަހަށް ވުރެ ގިނަ ދުވަހު ދެމެހެއްޓޭނެ ކަމަކަށް ނުބެލެވެ އެވެ.

އިޒުރޭލުގެ "އެރޯ 3" މިސައިލް ދިފާއީ ނިޒާމުގެ މިސައިލްތައް ހުސްވަމުންދާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން އިޒުރޭން މިހާރު ގެންދަނީ އީރާނުން މިސައިލް ފޮނުވާ ތަންތަން ވަރަށް ބޮޑަށް ބަލައި ހޯދައި އެ ތަންތަނަށް ހަމަލާ ދެމުން ކަމަށްވެ އެވެ.

މުރާސިލުން ދެކޭ ގޮތުގައި އިރާނުގެ ރޭވުންތައް ދަނީ މަޑުމަޑުން ކާމިޔާބުވަމުންނެވެ. އިރާނުން އަމަލުކުރާ އުސޫލަކީ ހަނގުރާމައިގެ ކުރީކޮޅު އާދައިގެ މިސައިލްތަކެއް ފޮނުވާލައިގެން އިޒުރޭލުގެ މިސައިލް ދިފާއީ ނިޒާމު ފުނޑާލުމެވެ. އަދި އޭގެފަހުން ބާރުގަދަ މިސައިލްތައް އިޒުރޭލަށް ފޮނުވާލުމެވެ.

އިޒުރޭލުގެ ދިފާއީ ނިޒާމުން އެއް މިސައިލް ހުއްޓުވުމަށް 10 އަކާއި 15 އާ ދެމެދުގެ އަދަދަކަށް މިސައިލްތައް ފޮނުވާލާ ކަމަށްވެ އެވެ. މި މިސައިލްތަކުގެ ތެރެއިން ކޮންމެ މިސައިލެއްގެ އަގަކީ މަދުވެގެން 12 މިލިއަން ޑޮލަރެވެ. ނަމަވެސް އީރާނުގެ އެންމެ ޒަމާނީ މިސައިލް ކަމަށްވާ ފައްތާހް-1ގެ އަގަކީ 200،000 ޑޮލަރު ކަމަށް އިރާންގެ އައިއާރްޖީސީ އިން ބުނެ އެވެ.

މި ހާލަތުގައި އިރާންގެ އެންމެ މިސައިލެއް ހުއްޓުވުމަށް އިޒުރޭލުން 144 މިލިއަން ޑޮލަރު ވަރު ހޭދަކުރަންޖެހޭއިރު، އީރާންގެ މިސައިލްތަކުގެ އަގު ވަރަށް ބޮޑަށް ކުޑަ އެވެ. އެހެންވެ އިޒުރޭލުގެ މިސައިލުން ދިފާއުވާ ނިޒާމު ދެމެހެއްޓޭނެ ކަމާ މެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.