ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 961،560 ގަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 127،702 ފަތުރުވެރިން
  • ރަޝިއާ - 117،953 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 104،098 ފަތުރުވެރިން
  • އިޓަލީ - 84،458 ފަތުރުވެރިން
  • ޖަރުމަނު - 79،696 ފަތުރުވެރިން
  • އިންޑިއާ - 62،030 ފަތުރުވެރިން
  • ފްރާންސް - 35،033 ފަތުރުވެރިން
  • އެމެރިކާ - 32،730 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 22،440 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 19،324 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 753،973 ފަތުރުވެރިން -- 72 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 238،437 ފަތުރުވެރިން -- 22.8 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 29،498 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 24،544 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 815 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 855 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.