ހަބަރު

ސީރިއާގެ ރެފިއުޖީންނަށް އޭޑީކޭ ނާޝިދުގެ ދީލަތި އެހީއެއް

ސީރިއާގެ ރައްޔިތުން ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދެއްވައިފި އެވެ.

ނާޝިދު ޒިޔާރަތްކުރެއްވީ، ގްރީސްގައި ހުރި ރެފިއުޖީންގެ ކޭމްޕަކަށެވެ. ނާޝީދު މިހާރު ހުންނެވީ އަމިއްލަ ދަތުރެެއްގައި ގްރީސްގަ އެވެ. ސީރިއާގެ ރައްޔިތުން ދިރިއުޅޭ އެ ކޭމްޕަށް ނާޝިދު ވަނީ ކާބޯތަކެތި ހަދިޔާކޮށްފަ އެވެ.

ނާޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ ރެފިއުޖީން އުޅެމުންދާ ހާލު ފެނިވަޑައިގަތުމުން ހިތަށް އަސަރުކުރި ކަމަށެވެ. އަދި ރެފިއުޖީންނަށް ބްރެޑް ހަދިޔާކޮށްފައިވަނީ ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ ފަރާތުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.