ހުޅުމާލޭ އިންޖީނުގެ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީ އިންނެވެ.
މި މަސައްކަތް ނިމުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ދެކޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޓޭންކްތަކުގައި އިތުރު ފަށަލައެއްލުމުގެ ގޮތުން ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި 2 ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.