ކިޔު ސްޓަޑީ

މަތީ ތައުލީމަށް ހާއްސަ ކިޔު ސްޓަޑީގެ އެކްސްޕޯ ފަށައިފި

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ކިޔު ސްޓަޑީ އިން ބާއްވާ އެކްސްޕޯ ފަށައިފި އެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށެވެ.

މި އެކްސްޕޯގައި 15 ގައުމަކުން 35 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވާސިޓީން ބައިވެރިވެ އެވެ.

މީގެ ތެރޭގައި މެލޭޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ސިންގަޕޫރުގެ އިތުރުން ޔޫރަޕްގެ ޔުނިވާސިޓީތައްވެސް ހިމެނެ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ އެވެ.

މި އެކްސްޕޯގައި ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެ އެވެ.

މީގެ އިތުރުން މި އެކްސްޕޯ އިންތިޒާމުކުރާ ކިޔު ސްޓަޑީ އިން ވަނީ މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީ ޕްލޭސްމަންޓް ހޯދައިނުމުން ފެށިގެން ކިޔަވަންދާ ގައުމަކަށް ގޮސް ކިޔެވުން ފެށެންދެން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ނިންމާފަ އެވެ.

މިއީ މަތީ ތައުލީމަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަން ކިޔު ސްޓަޑީ އިން ފާހަގަކުރެ އެވެ.