މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގެ ގެއަކުން މީހަކު ވެއްޓިއްޖެ

މާލޭގެ ގެއަކުން މީހަކު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެ ވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 4:00 ހާއިރު އެވެ.

މި ހާދިސާގައި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅުން ނެއްޓި "އޯޕަން ފްރެކްޗާ" ވެ އަނިޔާވެފައިވާ ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ.