އުރީދޫ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ އޮނިގަނޑު އަދި ޓައިމްލައިން

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ:

މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.

ޕްރައިޒް ޕޫލް

މިއީ 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މުބާރާތެކެވެ.

  • ޗެމްޕިއަން: 25،000 ރުފިޔާ
  • 2 ވަނަ: 12،000 ރުފިޔާ
  • 3 ވަނަ: 6،000 ރުފިޔާ
  • 4 ވަނަ: 3،000 ރުފިޔާ
  • އެމްވީޕީ: 4،000 ރުފިޔާ

ބައިވެރިވުމުގެ ގައިޑްލައިން

  • ޓީމް ސައިޒް: ކޮންމެ ޓީމަކަށް މަދުވެގެން 6 ކުޅުންތެރިން
  • ޓީމް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ)

މީގެ އިތުރުން ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ޖުލައި ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެކެވެ.