ދިރާގު

ދިރާގުއެޕް އިން ރީލޯޑުކޮށްގެން ބޯނަސް ކްރެޑިޓް މުޅިން ހިލޭ

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކޮށްގެން 15 ޕަސެންޓާ ހަމައަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބޭ އޮފާއެއް ތައާރަފްކޮށްފި އެވެ.

މި އޮފައާއެކު ދިރާގުއެޕް މައިއެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100، 200 އަދި 500 ރުފިޔާ ރީލޯޑުކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ތައާރަފުކުރި އޮފާތައް

  • 100 ރުފިޔާ ރިލޯޑްކޮށްގެން 10 ޕަސެންޓް ބޯނަސް ކްރެޑިޓާއެކު ޖުމްލަ 100 ރުފިޔާ
  • 200 ރުފިޔާ ރިލޯޑްކޮށްގެން 13 ޕަސެންޓް ބޯނަސް ކްރެޑިޓާއެކު ޖުމްލަ 225 ރުފިޔާ
  • 500 ރުފިޔާ ރިލޯޑްކޮށްގެން 15 ޕަސެންޓް ބޯނަސް ކްރެޑިޓާއެކު ޖުމްލަ 575 ރުފިޔާ

ދިރާގުން ބުނި ގޮތުގައި މި ލިމިޓެޑް ޓައިމް އޮފާއަކީ ޗެޓްކުރުމަށް، ބްރައުސްކުރުމަށް ނުވަތަ ސްޓްރީމްކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ވަރަށް އަގުހުރި އޮފާއެކެވެ. އަދި، މިއީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައިވެސް ޑިޖިޓަލީ އެކްޓިވޭޓްކުރެވޭނެ އޮފާއެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.