މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައެއްގައި އެ އިދާރާއަށް ހާޒިރުވާން އަންގައި ކޮލަމްބިއާގެ އަންހެނަކު ހޯދަން އިއުލާނުކޮށްފި އެވެ.
އިމިގްރޭޝަނަށް ހާޒިރުވާން އަންގައި ހޯދަނީ ލައުރާ މާސިޑީޒް ގުއެރާ އެސްކުޑެރޯ (35އ) އެވެ.
އޭނާ ހޯދަނީ ކޮން މައްސަލައެއްގައި ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި ހާޒިރުވާން ވަނީ އިމިގްރޭޝަނުން ވަނީ އަންގާފަ އެވެ.
މީގެ އިތުރުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.