އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ބަދަލުގައި 30 ބިލިއަން ޑޮލަރާއި އެހެން ބައެއް ކަންކަން ކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާކަން ހާމަވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން މިހާރު ދަނީ އީރާނަށް 30 ބިލިއަން ޑޮލަރު ދިނުމާ މެދު ސީރިއަސް މަޝްވަރާތަކެއް ކުރަމުންނެވެ.
މި ފައިސާ ދިނުމުގެ މައިގަނޑު ބޭނުމަކީ އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ދޫކޮށްލައި، އާންމު ބޭނުންތަކަށް ބޭނުންވާ ނިއުކްލިއަ އެނާޖީ އުފެއްދުމުގެ ޕްރޮގްރާމެއް ބިނާކުރުމަށް އެހީތެރިވުމެވެ.
މީގެ އިތުރުން އީރާނާ އެކު އޮތް ހަމަނުޖެހުންތަކާއި ނުތަވަސްކަން ކުޑަކޮށްލުމުގެ ގޮތުން ޓްރަމްޕް ވަނީ އެމެރިކާ އިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް، އެމެރިކާ އިން ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކޮށްލުމަށްވެސް އެމެރިކާ އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ އިން އިރާނަށް ލުއިތަކެއް ދޭން މަޝްވަރާތަކެއް ކުރާ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަ ނަމަވެސް މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕް ދައްކަވާ ވާހަކައަށް އިތުބާރު ކުރަން ފަަސޭހައެެއް ނޫނެވެ.