މޯލްޑިވް ގޭސް

މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާ

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ), ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލުކޮށްފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރުކުމާގެ މަގާމު ބަދަލުކުރި ތިންވަނަ ފަހަރެވެ.

މި ސަރުކާރުގައި ރުކުމާ ފުރަތަމަ ހަމަޖެއްސީ ވެމްކޯގެ ޑީއެމްޑީ އަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފަ އެވެ.

މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ރުކުމާ ބަދަލުކުރީ މިދިޔަ ހަފްތާ ތެރޭގަ އެވެ.

މި ބަދަލު ގެނައި ސަބަބެއް އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެ އެވެ.