އައިޖީއެމްއެޗް

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފުރަތަމަ ކްލިނިކް މިމަހު ހުޅުވަނީ

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ހަތަރު ކްލިނިކްގެ ތެރެއިން ފުރަތަމަ ކްލިނިކް މިމަހު ހުޅުވާނެ ކަމަށް އެ ގުރޫޕުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ކްލިނިކްތައް ހުޅުވުމުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް އޮތް ބާރު ކުޑަވެގެންދާނެ ކަމަށެވެ.

ހަލީމް ވިދާޅުވީ އާންމު ބަލި ތަކުގެ ހަތަރު ކްލިނިކް ހުޅުވުމުން ޑޮކްޓަރަށް ދެއްކުމަށް އާންމުންނަށް މިހާރަށް ވުރެ ފަަސޭހަ ވާނެ ކަމަށެވެ.

ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން މިހާރު އެޕޮއިންޓްމަންޓް ހައްދަނީ އެ މީހަކު އަމިއްލައަށް ކަމަށެވެ. ނަމަވެސް ކްލިނިކްތައް ހުޅުވުމުން އެ ތަނުން ބަލާ ޑޮކްޓަރު، ސްޕެޝަލިސްޓަކަށް ދައްކަން ރިފަ ކުރުމުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އަވަސް ކުރެވޭނެ ކަމަށެވެ.

"އެކަމަށްޓަކައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ހަލީމް ވިދާޅުވި އެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އާންމު ބަލީގެ ފުރަތަމަ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ މަފަންނު ކޮރަލް ބޮލެވާޑް ހުރި އިމާރަތުގައެވެ.