ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މިދަތުރުފުޅު ކުރެއްވި މިދިޔަ ޖޫން 29 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
މިދަތުރުފުުޅުގައި ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގާ ބައްދަލުކުރައްވާފަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަނީ މުހިއްމު ތިން އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. އަދި ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމެއްވެސް ރައީސް ވަނީ ފައްޓަވައިދެއްވާފަ އެވެ.
ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭނެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ސިންގަޕޫރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.