ދިރާގު

ދިރާގު ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތެއް ހުޅުވައިލައިފި އެވެ.

މި އޮފާގެ ދަށުން ސްވިޒަލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝެންހައި ޑިޒްނީލޭންޑަށް އައިލާއާއެކު (ދެ މީހުންނާއި ކުޑަ ދެ ކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

މި ފުރުސަތު ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށް އަދި އާ ކަސްޓަމަރުންނަށް މި ޖުލައި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.