ޓޫރިޒަމް

ކ. އަތޮޅަށް 496،000 ފަތުރުވެރިން، މިއީ 44 ޕަސެންޓް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު 44.2 ޕަސެންޓް -- 496،304 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ކ. އަތޮޅުގައި 57 ރިސޯޓާއި 302 ގެސްޓްހައުސްގެ އިތުރުން ނުވަ ހޮޓާ މި ވަގުތު ދަނީ ހިންގަމުންނެވެ. ކ. އަތޮޅަށްފަހު ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅާއި ރ. އަތޮޅު އަދި އއ. އަތޮޅުގަ އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތަކުގެ ތަފާސްހިސާބު

  • ހއ. އަތޮޅު: 8،129 ފަތުރުވެރިން - 0.7 ޕަސެންޓް
  • ހދ. އަތޮޅު: 3،245 ފަތުރުވެރިން - 0.3 ޕަސެންޓް
  • ށ. އަތޮޅު: 9،196 ފަތުރުވެރިން - 0.8 ޕަސެންޓް
  • ނ. އަތޮޅު: 50،911 ފަތުރުވެރިން - 4.5 ޕަސެންޓް
  • ރ. އަތޮޅު: 85،602 ފަތުރުވެރިން - 7.6 ޕަސެންޓް
  • ބ. އަތޮޅު: 61،491 ފަތުރުވެރިން - 5.5 ޕަސެންޓް
  • ޅ. އަތޮޅު: 49،898 ފަތުރުވެރިން - 4.4 ޕަސެންޓް
  • ކ. އަތޮޅު: 496،304 ފަތުރުވެރިން - 44.2 ޕަސެންޓް
  • އއ. އަތޮޅު: 73،368 ފަތުރުވެރިން - 6.6 ޕަސެންޓް
  • އދ. އަތޮޅު: 98،958 ފަތުރުވެރިން - 8.9 ޕަސެންޓް
  • ވ. އަތޮޅު: 37،967 ފަތުރުވެރިން - 3.4 ޕަސެންޓް
  • މ. އަތޮޅު: 12،887 ފަތުރުވެރިން - 1.2 ޕަސެންޓް
  • ފ. އަތޮޅު: 3،541 ފަތުރުވެރިން - 0.3 ޕަސެންޓް
  • ދ. އަތޮޅު: 55،624 ފަތުރުވެރިން - 5.0 ޕަސެންޓް
  • ތ. އަތޮޅު: 2،113 ފަތުރުވެރިން - 0.2 ޕަސެންޓް
  • ލ. އަތޮޅު: 4،153 ފަތުރުވެރިން - 0.4 ޕަސެންޓް
  • ގއ. އަތޮޅު: 15،383 ފަތުރުވެރިން - 1.4 ޕަސެންޓް
  • ގދ. އަތޮޅު: 10،342 ފަތުރުވެރިން - 0.9 ޕަސެންޓް
  • ފުވައްމުލައް ސިޓީ: 3،993 ފަތުރުވެރިން - 0.4 ޕަސެންޓް
  • ސ. އަތޮޅު: 10،227 ފަތުރުވެރިން - 0.9 ޕަސެންޓް

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 175 ރިސޯޓާއި 860 ގެސްޓްހައުސް އާއި 159 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ރިސޯޓުތަކުގައި 810،463 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 251،876 ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 30،990 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ޓޫރިސްޓް އުޅަނދުތަކުގައި 25،023 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.