ހަބަރު

އެޗްއާރްސީއެމުން ފޭދޫފިނޮޅު ކަސްޓޯޑިއަލް މޮނީޓާކޮށްފި

ފުލުހުންގެ ތަހުގީގަށް ފޭދޫފިނޮޅުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލެއް ހިންގާތޯ ބަލަން އެޗްއާރްސީއެމުން ފޭދޫފިނޮޅުގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް މޮނިޓާކޮށްފި އެވެ.

މިޒިޔާރަތުގައި އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާތޯ ބަލައި، ދައުލަތުގެ ބެލުމުގެ ދަށުގައި ރާއްޖޭގައި ލިބިފައިވާ އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާތޯ ބަލައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާންމު ހާލަތާއި މުވައްޒަފުންގެ ހާލަތު ދެނެގަތުމަށް ކުރި ޒިޔާރާތެއް ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ.

އެޗްއާރުސީއެމުން ބުނީ އުސޫލުތަކާއި އެއްގޮތަށް ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެލަވާލާ ރިޕޯޓެއް ފޭދޫފިނޮޅު ކަސްޓޯޑިއަލް އާ ލިޔުމުން ހިއްސާކުރާނެ ކަމަށެވެ. އަދި މިކަމާ ބެހޭ ތަފްސީލީ ރިޕޯޓެއް ފޭދޫފިނޮޅު ކަސްޓޯޑިއަލަށާއި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ރިޕޯޓުގައިވާ ހުށަހެޅުމާއި އެއްގޮތަށް ކަންކަން ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ގަވައިދުން ފޮލޯއަޕް ހަދާނެ ކަމަށްވެސް އެޗްއާރުސީއެމުން ބުނެ އެވެ.