ހަބަރު

ޕަވާ ޕެނަލްތައް ބަދަލުކުރާތީ ޕްރެޝަރުގައި ފެން ނުލިބިދާނެ: އެމްޑަބްލިއެސްސީ

ދެހާސް ސާދަ ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އާރޯ ޕެނަލް ތަކާއި ޕަވާ ޕެނަލްތައް ބަދަލުކުރުމުގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ޕްރެޝަރުގައި ފެން ލިބުމުގެ ދަތިތަކެއް ކުރިމަތިވެގެން އުޅެނީ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އާރޯ ޕެނަލް ތަކާއި ޕަވާ ޕެނަލްތައް މިހާރު ގެނެސްފައި ހުރި ޕެނަލް އަށް ބަދަލުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

މި މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތަކަށް އެންމެ ޕްރެޝަރުގައި އެކި ވަގުތުތަކުގެ ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި މަސައްކަތް ނިމުމާއެކު އެންމެ ޕްރެޝަރުގައި ފެން ލެބޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފެން ބޭނުންކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ފަޒުލް އިލްތިމާސް ކުރެއްވި އެވެ.