ހަބަރު

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން ހެލްތު ސްކްރީން ކޮށްފި

އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ކުރިއަށްގެންދިޔަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖަމާލުއްދީން ސްކޫލުގެ 154 ދަރިވަރަކު ވަނީ ހެލްތު ސްކްރީން ކޮށްފަ އެވެ. އެއީ ސްކޫލްގެ 96.3 ޕަސެންޓް ދަރިވަރުންނެވެ. ހެލްތު ސްކްރީން ކުރުމުގެ މަސައްކަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި މެޑިކަލް ސަރވިސްގެ ކްލިނިކަލް އެސިސްޓަންޓުންނެވެ.

ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ހިއްސާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.