ހަބަރު

ޖުވެނައިލް ރިހެބިލިޓޭޝަންގައި ބައިވެރިވާން ކަރެކްޝަންގެ ހަތަރު އޮފިސަރުން މެލޭޝިޔާއަށް

ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ ހަތަރު އޮފިސަރުން މެލޭޝިޔާއަށް ފުރައިފި އެވެ.

މިމަހު އެކަކުން ފެށިގެން 27 އަށް މެލޭޝިޔާގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ޖަލުތަކުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ޖަލުތައް މެނޭޖްކުރާ ގޮތްތަކާއި، ގައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި ބޭރު ގައުމުތަކުގެ ޖަލުތަކުގައި އަމަލު ކުރަމުންގެންދާ ގޮތްތަކާއިބެހޭ މައުލޫމާތު ދިނުމުގެ ގޮތުން މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް އެމްޓީސީޕީ ގެ ދަށުން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކަރެކްޝަންސް އިން ބުނީ މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވަނީ ސީނިއާ ޕްރިސަންސް އޮފިސާ އަލީ ޒަމީލާއި، ފަސްޓް ކްލާސް ޕްރިސަންސް އޮފިސާ އިބްރާހިމް ހަލީލްގެ އިތުރުން ކޯޕްރަލް ފާތިމަތު ޒޫނާ އަދި ލާންސް ކޯޕްރަލް މަރިޔަމް ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުން ތަމްރީން ފުރިހަމަކުރުމަށްފަހު، ޖަލުތަކުގައި ހިންގުމަށް ބޭނުންވާ ތަފާތު ޕްރޮގްރާމްތައް ރާވައި، ތަމްރީނާއި ގުޅުންހުރި ދާއިރާތަކަށް އަމާޒުކޮށް ޖަލުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.