ހުޅުމާލެ

ގަވާއިދާ ހިލާފަށް ހުޅުމާލެ މަގުމަތީ ބަހައްޓަފައި ހުންނަ ތަކެތި ނަގަނީ

ގަވާއިދާ ހިލާފަށް ހުޅުމާލެ މަގުމަތީ އަދި ދުވާރު މަތީގައި ބަހައްޓާފައި ހުންނަ ތަކެތި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 10 ގެ ކުރިން ހުޅުމާލެ މަގުތަމޓިަގއި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އެއްޗެހި އެކޯޕަރޭޝަނުން ނަގާނެ ކަމަށެވެ. އަދި އެތަކެއްޗަށް ޒިންމާ ނުނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހުޅުމާލެ މަގުތަކުގެ ދުވާރު މަތީއެއްޗެހި ބަހައްޓާފައި ހުންނާތީ އާންމުންނަށް ހިނގާ ބިނގާވެ އުޅެން ދަތިވާ ކަމަށާއި މަގުމަތީ ހިނގަން ޖެހުމުގެ ސަބަބުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ހުޅުމާލެގެ މަގުތަކަކީ ބާރަށް ދުއްވާ ވެހިކަލްތައް ގިނަ، ބޮޑެތި ބަސްތައް ފަދަ ވެހިކަލްތައް ކެނޑިނޭޅި ދަތުރުކުރަމުންދާ މަގުތަކަށްވެފައި، ހިނގާމީހުން ދުވާރު ހިނގެން ނެތުމުގެ ސަބަބުން މަގުމަތީ ހިނގާ ވަގުތު ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިވަމުންދާކަން ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އިޤްތިސާދީ އެކި މަސައްކަތް ކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމް ކުރުމަށް ޕްލޭން ކުރެވިފައިވާ ރަށެއް ކަމަށާއި، ހުޅުމާލެ ހިއްތްފަސޭހަ ތަނަކަށް ހެދޭނީ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެތަނުގައި އުޅޭ އެންމެން މަސައްކަތްކޮށްގެން ކަމަށެވެ.