ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުނު 89 އަހަރުގެ މީހަކު 10 އަހަރަށް ޖަލަށް

Apr 4, 2016

ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް މީހަކު 10 އަހަރަށް ޖަލަށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ގދ. ގައްދޫ، މަސްކޮތަންގެ ރެކިފުތާ 89، ގެ މައްޗަށެވެ.

ރެކިފުތާގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އެކުދުވަސް މަތީން ފަސް އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ ޢަމަލު ހިންގާފައިވާތީއާއި 2015 ޖެނުއަރީ 17 ވަނަ ދުވަހު އެކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މި އޭޕްރީލް މަހުގެ ދެވަނަ ދުވަހު ކޮށްފައިވާ ޙުކުމްގައި ބުނަނީ ޤާނޫނު ނަންބަރު 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެއްމާއްދާގެ (ނ) ގެ ދަށުން ދަޢުލަތުން ރެކިފުތާގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކޮށް އެއްވެސް ކަހަލަ ޢަމަލެއް އެއްކުއްޖާއާ މެދު ހިންގާފައިވާ ނުވާކަމަށް ބުނިނަމަވެސް އެދުވަހު ރެކިފުތާ އެގޭގައި ހުރި ގޮނޑިއެއްގައި އިންކަމަށެވެ. އަދި އެކުއްޖާ އޮތީ އެނދެއްގައިކަމާއި އަންހެނަކާއި ފިރިހެނަކު އެތާނގައި ތިބިކަމަށް ރެފިކުތާ ބުނެފައިވާއިރު އެމީހުން ޝަރީއަތަށް ހާޒިރުކުރަން ބޭނުންނޫންކަމަށްބުނެ ދިފާޢީ ހެކި ދެއްކިފައި ނެތުމުންނާއި ރެކިފުތާ މިޢަމަލު ހިންގާފައިވަނީ ކުޑަކުއްޖާއެކު ކަމަށްވެފައި ރެކިފުތާ މިޢަމަލު ހިންގިކަމަށް އަނިޔާލިބުނު ކުއްޖާ ކައިރި ވަގުތެއްގައި އެވާހަކަތައް ކިޔައިދިންކަމަށް ހުށަހެޅިފައިވާ ހެކީންގެ ބަހުންނާއި ރެކިފުތާ މިޢަމަލު ހިންގި ތަންދުށްކަމަށްބުނެ މި މަންޒަރު ދުށްމީހަކު ތަހުޤީޤަށް ދީފައިވާ އޯޑިއޯ/ވީޑިއޯ އަދި ލިޔުމުގެ ބަޔާނުންނާއި މި މައްސަލާގައި ހުށަހެޅެނު މެޑިކޯ ލީގަލް ރިކޯޑުންނާއި އެސެސްމަންޓް ރިޕޯޓުން އެނގޭކަމަށެވެ.