ޓެކްނޯލޮޖީ

އައިފޯން އެސްއީ މިއަދު ވިއްކަން ފަށާނަން، އެކަމަކު ލިމިޓްވާނެ: ސޮފްޓް ޓަޗް

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު، އައިފޯން އެސްއީ މިއަދު ރާއްޖޭގައި ވިއްކަން ފަށާނެ ކަމަށް އައިފޯންގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ސޮފްޓް ޓަޗް އިން ބުނެފި އެވެ.

ސޮފްޓް ޓަޗް މޯލްޑިވްސް އިން ބުނީ މިއަދު އައިފޯން ވިއްކަން ފެށި ނަމަވެސް، މުޅި ދުނިޔޭގައި ވެސް އުޅޭ އާ އައިފޯން ސްޓޮކްގެ ޝޯޓޭޖްއާ ހުރެ ޑިމާންޑާ އެއްވަރަށް އައިފޯން ވިއްކޭ ވަރަށް ސްޓޮކް ނުހުރެދާނެ ކަމަށެވެ. އެހެންވެ އެސްއީ ވިއްކާނީ ލިމިޓެޑްކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ވަރަށް އަވަހަށް އިތުރު ސްޓޮކެއް ލިބުމުން ލިމިޓް ދޫކޮށްލާނެ ކަމަށް ވެސް ބުންޏެވެ.

"ލިމިޓްކޮށް އަޅުގަނޑުމެން ވިއްކާތީ ދިމާވެދާނެ ދަތިތަކަކަށްޓަކާ ކަސްޓަމަރުންގެ ފަރާތުން މާފަށް އެދެން،" ސޮފްޓްޓަޗް އިން ބުންޏެވެ.

އެ ކުންފުނިން ބުނަނީ އައިފޯން އެސްއީ ދަތިތަކަކާ ނުލާ ލިބޭނެގޮތް ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މި ފޯނުގެ ޕްރިއޯޑާތައް ދިރާގާއި އުރިދޫ އިން ވަނީ ނަގައިފަ އެވެ. މި ފޯން ވިއްކަނީ 7،000ރ. އާއި 9،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ދިރާގު އުރީދޫ މެދުވެރިކޮށް މި ފޯން އިންސްޓޯލްމަންޓަށް ނެގޭނެ އެވެ.