ހަބަރު

ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނަ ކުރި ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ 42 އަހަރުގެ މީހެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބު ދެމުން ދިޔަ ނަމަވެސް އެ މައްސަލާގައި ހައްޔަރު ކުރާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.