އެމްޑީޕީ

ކޮމަންވެލްތްގެ އާ ސެކެރެޓްރީ ޖެނަރަލާ އިދިކޮޅު ލީޑަރުން ބައްދަލުކުރައްވައިފި

ކޮމަންވެލްތްގެ އާ ސެކްޓްރީ ޖަނަރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން ބައްދަލުކުރައްވައިފި އެވެ. މިއަދު އެކަމަނާއާ ބައްދަލުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން އަމީން އިބްރާހިމް ވިދާޅުވެފައިވަނީ، ރާއްޖޭގައި އަލުން ޑިމޮކްރަސީގެ އުސޫލުތައް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތަރު ބޭފުޅުން ވެސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.

ކޮމަންވެލްތްގެ އާ ސެކްރެޓްރީ ޖެނަރަލަކީ ކޮމަންވެލްތްގެ، ސީމެގްގެ ޕްރެޝަރުތައް ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވަމުން އައި، ޑރ. މުހައްމަދު ވަހީދުގެ ރައީސް ކަމުގެ އެ ޕްރެޝަރުތަކުން ރާއްޖެ ސަލާމަތް ކުރުމަށް ގާނޫނީ ގޮތުން ރާއްޖެއަށް ލަފާދެއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމާ ގުޅިގެން އެ މައްސަލަ އދ.ގެ ވޯކިން ގުރޫޕްގައި ކުރިއަށް ދިޔައިރު، މި ސަރުކާރަށް ލަފާ ދެއްވި ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ލޯ ފާމް، އޮމްނިއާ ސްޓްރެޓެޖީގެ އެޑްވައިޒަރީ ކައުންސިލްގަައި ވެސް ސްކޮޓްލެންޑް ހިމެނިވަޑައިގަންނަވަ އެވެ.