އޮފްބީޓް

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ވިއްކާލަން އީބޭގައި ޖަހައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވިއްކާލަން އައިބޭގައި ޖަހައިފި އެވެ. މިހާރު އަގު ވަނީ 90،000 ޑޮލަރަށް އަރާފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ވިއްކާލަން ވެސް އީބޭގައި ޖަހާފައިވެ އެވެ.

ނަވާޒު ވިއްކާލަން ޖަހާފައިމިވަނީ ޕެނަމާ ޕޭޕާސްގައި ނަވާޒާއި އޭނާގެ އާއިލާގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. ނަވާޒު ވިއްކާލަން އީބޭގައި ޖަހާފައިވާ އިޝްތިހާރުގައި ވަނީ އޭނާ އަކީ އެއްވެސް އިރެއްގައި މަސައްކަތްކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި މިހާރު ހުރީވެސް މަސައްކަތް ކުރެވޭ ހާލަތުގައި ނޫން ކަމަށެވެ. އަދި އޭނާގެ މުޅި އާއިލާއަކީވެސް ކޮރަޕްޓް ވެފައިވާ އާއިލާއެއް ކަމަށެވެ.

މިމަހު ކުރީކޮޅު އާންމުކުރި ޕެނަަމާ ޕޭޕާސްގައިވާ ގޮތުން ލަންޑަނުގައި އުފައްދާފައިވާ ރިއަލް އެސްޓޭޓް ކުންފުންޏެއްގައި ނަވާޒް އާއި އޭނާގެ ތިން ދަރިންގެ މަސްލަހަތު އެބައޮތެވެ.

އީބޭގައި ނަވާޒު ސިފްކޮށްފައިވަނީ ބޭނުމެއް ނެތް މީހެއްގެ ގޮތުގަ އެވެ. ނަވާޒު ވިއްކާލަން ޖެހި އިޝްތިހާރު މިހާރުވަނީ ނަގާފަ އެވެ.