ޓެކްނޯލޮޖީ

އެޕަލް އިން ތިމާވެށީގެ ކެންޕޭނެއް!

މިހާރު އެޕަލްގެ ޕްރޮޑަކްޓްތަށް ބޭނުން ކުރާ ފަރާތްތަކަށް އެޕަލްގެ އެޕް ސްޓޯރް ހުޅުވާލުމުން ވަރަށް ބޮޑު ތަފާތެއް ފާހަގަ ކުރެވޭނެ އެވެ. އެގޮތުން ސްޓޯރް ހުޅުވާލުމުން ފެންނާނީ ފެއްސާއި ނުލުގެ އެޕްލިކޭޝަންތަކެކެވެ. އެޕަލް ކުންފުނިން މިވަނީ ތިމާވެށީގެ ބިޔަ ޕްރޮޖެކްޓެއް ފަށައިފަ އެވެ. މި ޕްރޮޖެކްޓު އެޕަލްއިން ފަށައިފައި ވަނީ ވޭތުވެދިޔަ ހަފްތާގަ އެވެ.

އެޕަލްއިން މި ޕްރޮޖެކްޓް ފަށާފައިވަނީ ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާއާ ގުޅިގެންނެވެ. އެހެންވެ އެޕަލް އެޕް ސްޓޯރްގެ ހޯމްޕޭޖްގައި ޑިޒައިން ކުރެވިފައިވަނީ ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާގެ ލޯގޯ ބޭނުން ކޮށްގެނެވެ. އޭގެ އިތުރުން ތިމާވެށީގެ ޝިޔާރުތަށް ވެސް މި އެޕް ސްޓޯރް ގައި ބޭނުންކުރެ އެވެ.

އެޕް ސްޓޯރްގެ ގިނަ އެޕްތަކެއް ނުލާއި ފެހި ކުލައިގެ އައިކަން ތަކަކަށް ޑިޒައިން ކުރެވި ތިމާވެއްޓާ ގުޅުން ހުރި ގޮތަކަށް ބަދަލުކޮށްލުމުނ ް އެޕް ސްޓޯރުގައި ހުރި ގިނަ ގޭމުތަކަށް ވަނީ ތިމާވެށިގެ ޗެޕްޓާތަކެއް އިތުރުވެފަ އެވެ. އަދި އެހެން ތަފާތު ގިނަ އެޕްތަކަށް ވެސް ވަނީ ތިމާވެށިގެ ކޮންޓެންޓުތަށް އިތުރު ކޮށްފަ އެވެ.

އެޕަލްއިން މި ކެމްޕޭނާއި އެއްކޮށް ވަނީ ވެލާ ހިމާޔަތް ކުރުމުގެ ގޭމެއް ވެސް ތައާރަފް ކޮއްފަ އެވެ. ޕީކްގެ ނަމުން ނަން ދީފައިވާ މި ގޭމްގައި ބޮޑަށް އަލި އަޅުވާލާފައި ވަނީ އިންސާނުން މޫދަށް އަޅާ ކުނީގެ ކިބައިން ވެލާތައް ސަލާމަތް ކުރުމުގެ މައްޗަށެވެ. މި ގޭމަކީ އިންސާނާގެ ސިކުނޑި ހަލުވި ކޮށްދޭ އެޕެއް ކަމަށް ވެސް މި އެޕް ޑިވެލޮޕްކުރި ބްރެއިންބޯ އިން ވަނީ ބުނެފަ އެވެ. މި އެޕް މިހާރު އެޕްސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެ އެވެ.

އެޕަލް އާއި ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާއާ ގުޅިގެން ގިނަ މަސަތްކަތްތަކެއް ކުރިޔަށް އޮތް މުސްތަބްލުގައި ވެސް ކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

އެޕަލްއިން ކުރިޔަށް ގެންދާ މި މި ކެމްޕޭނަށް ދީފައިވާ ނަމަކީ "އެޕްސް ފޯ އާތް" އެވެ. މި ކެންޕޭން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހާ ހިސާބަށެވެ. އެގޮތުން ކެންޕޭނުގެ އެންމެ ބޮޑު މަގްސަދަކީ ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ އަށް ފައިސާ ހޯދައިދިނުމެވެ. ވޯލްޑް ވައިލްޑް ފަންޑް ފޯ ނޭޗާ އަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އަދި ހިމާޔަތް ކޮށްފައިވާ ޖަނަވާރުތަކަށް ރައްކާތެރިކަމާއި އެހީ ފޯރުކޮށްދޭ ޖަމިއްޔާ އެވެ.