ކ. ކާށިދޫ އާއި ގާފަރުން ޕީޕީއެމް އަށް 400 މީހުން ސޮއިކޮށްފި އެވެ.
މިއަދު މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވަނީ، 400 މީހުން ސޮއިކޮށްފައިވާ ޕީޕީއެމްގެ މެންބާޝިޕް ފޯމްތަކާއި ހަވާލުވެވަޑައިގެންފަ އެވެ. ސޮއިކުރި މީހުންގެ ފަރާތުން ފޯމްތައް ހަވާލުކޮށް ދެއްވީ ކާށިދޫއާއި ގާފަރުގެ ކައުންސިލް މެންބަރުންނެވެ.
މެޑަމް ފާތުން ވަނީ ފޯމްތަކާއެކު ވަޑައިގެންނެވި ކައުންސިލްމެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ފޯމް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ބެހޭގޮތުން މެޑަމް ވަނީ މައުލޫމާތު ވެސް ހޯއްދަވާފަ އެވެ.
ފަހަކަށް އައިސް ޕީޕީއެމަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރާއިރު ޕީޕީއެމްގެ މެންބަރުންގެ އަދަދު 40،000 އާ ގާތްކުރެ އެވެ. ޕީޕީއެމުން ކުރިން ބުނެފައި ވަނީ މި އަހަރު ނިމޭ އިރު ޕާޓީގެ މެންބަރުންގެ އަދަދު ލައްކައަކަށް އަރުވަން މަސައްކަތް ކުރާ ކަމަށެވެ.