ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ފަރުވާއަށް އިތުރުކުރި މުއްދަތު ނަގަން ނިންމައިފި

ބޭސްފަރުވާއަށް ވަޑައިގެން އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރުވާއަށް 30 ދުވަސް އިތުރުކޮށް ދިނުމަށްފަހު އެ މުއްދަތު އަނބުރާ ނަގަން ނިންމައިފި އެވެ. ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގަތުމުން ނަޝީދަށް އެއް މަސް ދުވަހުގެ ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައިވަނީ އިއްޔެ އެވެ.

ކަރެކްޝަނުން ބުނީ ނަމަވެސް އެ މުއްދަތު އަނބުރާ ނަގަން ނިންމީ ކަރެކްޝަނަލް ސާވިސް އަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުން އެދި މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ހުށަހެޅުއްވި މެޑިކަލް ލިޔުންތަކުގައި މިމަހުގެ 19 ވަނަ ދުވަހު ސާޖަރީއެއް ހަދަން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެފަދަ ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށް އެމަނިކުފާނުގެ ލޯޔަރުން ވިދާޅުވެފައިވާތީ ކަމަށެވެ.

ބޭސްފަރުވާކުރުމަށް އިތުރަށް ދިން މުއްދަތު އަނބުރާ ބާތިލްކުރުމަށްފަހު ދެ ދުވަހުގެ ތެރޭގައި ނަޝީދަށް މާލެ އަންނަން އަންގާފައިވާއިރު މީގެ ކުރިން ނަޝީދު ވަނީ އަނބުރާ ރާއްޖެ ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

ނަޝީދުގެ މުއްދަތު ނަގަން ނިންމެވި އިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މެންބަރު އަހުމަދުނާޒިމް 48 ގަޑިއިރު ތެރޭގައި މާލެ ވަޑައިގަތުމަށް ވެސް ކަރެކްޝަނުން ވަނީ އަންގާފަ އެވެ.