އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ އިފްތިތާހު ކޮށްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާހުކޮށްފި އެވެ.

ކޮލެކް އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކޮލެޖް ހުޅުވައި ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް) ކޮލެޖަކަށް ބަދަލުވުމުން މަތީ ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ސިފައިންނަށް ހުޅުވިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި އާދަމް ޝަރީފް ދެއްކެވި ވާހަކާގައި މިކޮލެޖުގައި ތަފާތު ދިރާސާތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި މިވަގުތު ދިވެހި އަސްކަރިއްޔާއަށް ދިރާސާކުރުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރިކަމެއް ކަން ފާހަގަ ކުރެއްވި އެވެ.