އައިޝަތު ބިޝާމް

ލ. އަތޮޅުގެ ރަށްތަކަށް ޕީޖީ ޒިޔާރަތްކުރައްވަނީ

ލ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ފުރާވަޑައިގެންފި އެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ އެކަމަނާ ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންފަހުން، އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ.

މިދަތުރުގައި ގަމުގައި ގާއިމްކޮށްފައިވާ ޕީޖީގެ އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ގަމާއި ފޮނަދޫގެ މެޖިސްޓްރޭޓް ކޯޓާއި ގަމު ޕޮލިސް ސްޓޭޝަންގެ އިތުރުން އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުގައި ޕީޖީގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރްޔަމް ނިހާޔަތު ބައިވެރިވަޑައިގަންނަވަ އެވެ.