އަލިފާން

ތުލުސްދޫ ބޯޓު ޔާޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކ. ތުލުސްދޫ ބޯޓު ޔާޑޫ ކައިރީ މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ. މި އަލިފާންގަނޑު ރޯވީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށްވެ އެވެ.

މި އަލިފާންގަނޑު ރޯވެފައި ހުއްޓާ ފެނިފައިވަނީ ރަށުތެރެ ބަލަހައްޓަމުންދިޔަ ފުލުހުންނަށެވެ. އަދި މިއަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންނާއި ބަނދަރު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ވެގެން ނިއްވާލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި އަލިފާންގަނޑު ނިއްވާލައިފާއިވަނީ ވެއްޔާއި ފެން ޖަހައިގެން އޭގެ ބައިގަޑިއެއްހާއިރު ފަހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެސަރަހައްދުގައި ހުރި އިމާރާތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ތުލުސްދޫ ޕޮލިސްސްޓޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.