ހަބަރު

ކޮމިޝަނާ އޮފް ޕްރިޒން ކަމަށް އަހުމަދު ޝިހާން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިސަން ކަމަށް އަހުމަދު ޝިހާން އައްޔަން ކުރައްވައިފި އެވެ. ސީޕީ ކަމަށް ޝިހާން ހަމަޖެއްސެވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުޝާމް އޮފީހަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ވަނީ އަންގައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނާ އޮފް ޕްރިސަން ކަމަށް އަހުމަދު ޝިހާން އައްޔަން ކުރެއްވިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ދާދި ފަހުން ހުޝާމް ގޭގައި މަޑުކުރަން ހޯމް މިނިސްޓްރީ އިން ނިންމެވި އިރު އެއީ ކޮން މައްސަލައެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.