ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު ކޯޓުން މި ހުކުމްކުރީ އެރަށު ނަލަހިޔާގެ، އަހްމަދު ނިޒާރު 20، އަށެވެ. ދައުލަތުން ނިޒާރުގެ މައްޗަށް، އުފުލާފައިވާ އެކި ދުވަސްމަތިން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އެ އިތުރާފަށް ބަލައި އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ ދައުލަތުން ނިޒާރުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2015 ވަނަ އަހަރެވެ.